ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
2020 ވަނަ އަހަރު މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި, އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހީމް ބަންދުން ދޫކޮށްލީ ބަންދަށް ލުޔެއް ދިނުމަށް އޭނާގެ ފަރާތުން ހުށަހެޅުމުންނެވެ.
ގާޒީ އަލީ ނަދީމް އޭނާ ބަންދުން ދޫކޮށްލަން އިއްޔެ ނިންމެވީ ޝަރުތެއް ކުރުމެއް ނެތި ކަމަށް ކޯޓުން ބުންޏެވެ.
މި މައްސަލާގައި ޝަހީބުގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުނަށް ކުރާ ދައުވާތަކަކީ، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ