ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމާ ދެކޮޅަށް ދައުލަތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ސަރުކާރުގެ އިސް ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން އިންފޮމޭޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ދައުލަތުން ބުނެފައިވަނީ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކޮށްފި ނަމަ ރައީސްގެ ސެކިއުރިޓީއަށް ބުރޫ އަރައި އަދި ބައެއްގެ ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެފަދަ މައުލޫމާތު އުނިކުރުމަށް ފަހު ވެސް ހަރަދުތަކުގެ ތަފްސީލު ދޭންޖެހޭ ކަމަށެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ނިންމީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ފެންނަ ނެތުމުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ