ހއ. ދިއްދޫ އާއި އެ އަތޮޅު ތުރާކުނުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ހަވާލުކުރީ މިއަދު ހައުސިން މިނިސްޓްރީގެ އޮތް ރަސްމިއްޔާތެއްގައެވެ.
ހައުސިން މިނިސްޓްރީން ބުނީ ތުރާކުނު ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ 164 މިލިއަން ރުފިޔާ އަށް ކަމަށެވެ. އަދި އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 630 ދުވަހުގެ ތެރޭ ނިންމުމަށެވެ.
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ 89 މިލިއަން ރުފިޔާއަށް ކަމަށާއި އެރަށުގެ މަސައްކަތް 360 ދުވަހުގެ ތެރޭ ނިންމަން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުންވެސް އއ.ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި ހއ.ކެލާ ނެރު ފުންކުރުމާއި ބޭރު ތޮށި ހެދުމުގެ މަސައްކަތުގެ އިތުރުން ހއ.އުލިގަމު ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ.
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި