ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީނާއި ސަން ކުންފުނީގެ މައްޗަށް ކުރާ ދައުވާގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ހެކިބަސް ދެއްވަން ދެކޮޅު ހައްދަވައިފި އެވެ.
ފުއްގިރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާކޮށްފަ އެވެ.
އެ މައްސަލާގައި ހެކިބަސް ދޭން ބޭނުންނުވާ ކަމަށް ވިދާޅުވެ, ސިޔާމާއި މައުރޫފް ކޯޓަށް ވަނީ ސިޓީ ފޮނުއްވައިފަ އެވެ. އަދި ދައުލަތުގެ ވަކީލުން ވެސް ބުނީ އެ ދެ ބޭފުޅުންގެ ހެކިބަސް ނަގަން މިހާރު ބޭނުން ނުވާ ކަމަށެވެ.
މިއަދު އޮތް އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑް އަހުމަދު އާމިރު ހެކިބަސް ދީފައިވާއިރު، އޭނާ ވަނީ އަދީބާއި ޒިޔަތާ އެކު ބޭއްވި ބައްދަލުވުމެއްގައި މައުރޫފާއި ސިޔާމްގެ ކޮއްކޮއެއް ކަމަށްވާ ސާލިމް ބައިވެރިވި ކަމަށް ބުނެފަ އެވެ.
ސިޔާމާއި މައުރޫފްގެ އިތުރުން ވެސް އެހެން ދެ ހެއްކަކު ވަނީ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ހުށަހަޅައިފަ އެވެ. މި މައްސަލާގައި ދެން ހެކިބަސް ނަގަން ބާކީ ތިބީ ދެ ހެކިންގެ އެވެ. އެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް