ހިޔާލު ތަފާތުވި ނަމަވެސް އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތައް ހަނދާން ކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ހިޖުރީ އައު އަހަރާއި ގުޅިގެން ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޖުރީ އައު އަހަރާއި ދިވެހިން ބައްދަލުކުރީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ތިއްބާ ކަމަށެވެ. ސިޔާސީ ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، އާއިލީ ގުޅުމާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ހަނދާންކޮށް، މިއަހަރަކީ ބާއްޖަވެރި އަދި އުފާ ފާގަތި އަހަރަކަށް ވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު ހިޖުރީ އައު އަހަރާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ހިތާބެއްގައި މިރޭ ވަނީ ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްހަލަތު އިސްކުރުމަށް، އިލްތިމާސް ކުރައްވާފައެވެ.
https://twitter.com/MohamedNasheed/status/1681320618141290496?s=20
ރައީސް ނަޝީދާއި ރައީސް ސޯލިހަކީ ކުޑައިރުއްސުރެ އެކުގައި އުޅުއްވި ދެބޭފުޅުންނެވެ. ނަމަވެސް ވެރިކަމާއި ގުޅުންހުރި މައްސަލަތަކާއި ގުޅިގެން ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ.
އެންމެ ބޮޑު ހިޔާލު ތަފާތުވުމަކީ ނަޝީދު ބޭނުންފުޅުވާ ގޮތަށް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ނުކުރުމެވެ. އެ މައްސަލާގައި ރައީސް ނަޝީދު ވަނީ، ވަރަށް ބޮޑަށް ރައީސް ސޯލިހަށް ފާޑު ވިދާޅުވެފައެވެ.
އަދި އެންމެ ފަހުން ނަޝީދު ވަނީ ރައީސް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު އެމްޑީޕީން ވެސް ވަކިވެވަޑައިގެންފައެވެ. އަދި ނަޝީދު އިސްވެ ހުންނަވައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް ވެސް މިހާރު ވަނީ އުފައްދަވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ