މިހާރު ހިނގަމުންދާ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރަކީ އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހއ. ތުރާކުނު ގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭ އެންމެ ބޮޑު އެއް ސަބަބަކީ މުޖުތަމައުގައި އަމާންކަމާއި ހަމަޖެހުމެވެ. ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް އެމަނިކުފާނު އިންތިހާބުވެވަޑައިގެންފިނަމަ އެ ހަމަޖެހުން ދެމި އޮންނާނެ ކަމަށެވެ. އެއަށް ބާރު ދެއްވި ފުލުހުންގެ ތަފާސް ހިސާބުތަކުންނެވެ
"މިއީ މި ރާއްޖޭގެ މި ފަހުގެ ތާރީހުގައި އެންމެ ކުށް މަދު ފަސް އަހަރުގެ ގޮތުގައި ޕޮލިހުން ރިޕޯޓްކޮށްފައި އެބަވޭ" އެމަނިކުފާނު ވިދާޅުވިއެވެ. ސީދާ އަދަދުތަކެއް ހިއްސާނުކުރެއްވި ނަމަވެސް ވިދާޅުވީ ދެވަނަ ދައުރެއްގައި އެ ރޭޓް މިހާރަށްވުރެ ދަށް ކުރެވޭނެ ކަމަށެވެ.
ރައީސް ސޯލިހު ވަނީ ތުރާކުނަށް ވައުދުތަކެއް ވެފައެވެ. އެ ރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެ ރަށާ ޖެހިގެން ޓޫރިޒަމަށް ދޫކޮށްފައިވާ "ވަންގާރު" ޓޫރިޒަމްގެ ލިސްޓުން ވަކިކޮށް ރަށުގެ ރައްޔިތުންނަށް ބޭނުން ކުރެވޭ ރަށެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ