ދާދިފަހުން ރަޖިސްޓްރީ ކޮށްދީފައިވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސްކަމުން ވަކިވެވަޑައިގަތުމަށްފަހު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައިވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް އަކީ ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެޕާޓީ އުފެއްދުމުގެ މަސައްކަތް ފެށިގެން ދިޔައީ އެމްޑީޕީން މަޖިލިސް މެންބަރުންތަކެއް ވަކިވި ހިސާބުންނެވެ.
އެހެންނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމަށް ފަހު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން ދިޔައީ "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. އެހެންކަމުން މިހާރުގެ ދަ ޑިމޮކްރެޓްސް އަކީ ފިކުރެއްގެ ދިރުމުގެ ހަރަކާތެވެ.
ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަކަށްފަހު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ޝައުގުވެރި ކަމެއް ނެތް ކަމަށެވެ.
ޑިމޮކްރެޓުން އަންނަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މެނިފެސްޓޯ އެކުވަލާލުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ