ސަރުކާރާއި އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން ހަމަޖެއްސުމަށް އެޕާޓީން ހުށަހަޅައިފިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާ މިއަދު ވަނީ ފަށައިފައެވެ.
މިއީ އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާ އަށް ޕާޓީތަކުން ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމުގެ އިތުރުން ދާދިފަހުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި މަޖިލީހުގެ ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ.
މި މަޝްވަރާ ބައްދަލުވުން އޮތީ ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައެވެ. އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ ތިން ޕާޓީއަށް ވެސް އެއް ކަމަކަށް އެއްބަސްވެވިއްޖެ ކަމަށެވެ. އެއީ ސަރުކާރާއި އިދިކޮޅު ހުރިހާ ޕާޓީތަކަކަށް ވެސް އެއްބަސްވެވޭނެ ރިޔާސީ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ.
""އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ،" ގާސިމް ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޔާމީނަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަށް އެދޭ ކަމަށެވެ.
އަދި ރައީސް ސޯލިހުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެ ކޯލިޝަނުން މަރުޙަބާ ކިޔައި ޝުކުރު ދަންނަވާ ކަމަށްވެސް ބުނެފައިވެއެވެ.
ޕީޕީއެމް އިން މިފަދައިން ބުނިއިރު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވެފައި ވާތީ އެމަނިކުފާނު އަންނަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް އިލެކްޝަންސް އިން ރިޔާސީ އިންތިހާބަށް ހުޅުވާލާއިރަށް ވެސް އެކޯޓުގައި އޮތް މައްސަލަ ނިމޭނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ