އެމްޑީޕީން ނިކުމެ ތިބީ ބޮޑުތިލަދުންމަތީގެ މާޒީގެ އަނބުރާ ހޯދައި ދިނުމަށް ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް މިހާރު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު އިހަވަންދޫ އަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބޮޑުތިލަދުންމަތީގެ މާޒީ އަކީ ގިނަ ބައެއްގެ ހަނދާނުގައި އަދިވެސް ހުންނާނެ ކަމެއް ކަމަށެވެ. އެގޮތުން އެ ސަރަހައްދުގެ ރައްޔިތުންނަކީ ފުދުންތެރި ތަނަވަސް ބަޔަކު ދިރިއުޅުނު ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހަމައެކަނި އެ ސަރަހައްދުގެ ރައްޔިތުން ރާއްޖެ އިން ބޭރަށް ގޮސް ރާއްޖެ އަށް މުދާ އެތެރެކޮށް އަމިއްލަ ދިރިއުޅުމެއް "ފައްކާ"ކޮށް އުޅެމުންދިޔަ ސަރަހައްދެއް ކަމަށެވެ.
"މި ސަރަހައްދުގެ މިހިރަ ބޮޑެތި ރަށްތައް ލިސްޓު ކުރާނަމަ މިހެން ގޮސް ކިޔާނެ ކަމެއް ނެތް، މިއީ އަމިއްލަ އުފެއްދުންތަކާއެކުގައި އަމިއްލަ އިގްތިސޯދެއް ބިނާކޮށްގެން މިހާ ހިސާބަށް މާޒީގައި އައިސް ތިބި ބައެއް. އެހެންނަމަވެސް 1950ގެ ފަހުން ސަރުކާރުތަކުގެ ސިޔާސަތުތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ދުވަހަކަށްވުރެ ދުވަހެއް މި ސަރަހައްދު ޗާޓުން ބޭރުވެ އިގްތިސޯދު ބަލިކަށިވެގެން އައީ. އަޅުގަނޑުމެން އަނެއްކާވެސް ނިކުމެ މިތިބީ މި ބޮޑުތިލަދުންމަތީގެ މާޒީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ހޯދައި ދޭން،" ރައީސް ވިދާޅުވިއެވެ.
ބޮޑުތިލަދުން މައްޗަށް ބޮޑު ބަދަލެއް ސަރުކާރުން ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީގެ ޓާޝަރީ ހޮސްޕިޓަލާއި އެރަށުގެ ކޮމާޝަލް ބަނދަރުގެ ވާހަކަ ހިއްސާ ކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިހާބުވެވަޑައިގެންފި ނަމަ، އިހަވަންދޫ އަށް ގެނެސްދޭނެ މަޝްރޫއުތަކުގެ ވާހަކަތައް ވެސް ހިއްސާ ކުރެއްވިއެވެ.
"އެއް ކަމަކީ އިހަވަންދޫ ކައިރީގައި މިއޮތް ދިގުފަރުގައި އިންޓްގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއް އަޅުގަނޑުމެން ހިންގަން ފަށާނަން، މިރަށަށް ބޭނުން ޖެހިފައިވާ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ހައުސިން މަޝްރޫއުއެއް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އިހަވަންދޫގެ ރައްޔިތުން "އުފާވެރި އަމާން ރާއްޖެ" އެއް ބޭނުންވެ، އެކަމަށް ކަމަރު ބަނދެލާފައިވާކަން އެރަށުގެ ރައްޔިތުންގެ ފަރާތުން މިއަދު ފެނިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ