މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓާފައިވާ ކަމަށްވާކަން އެނގިފައިނުވާ ކަމަށް އޭނާގެ ސަން ސިޔާމް ގްރޫޕުން ބުނެފިއެވެ.
ސިންގަޕޫރުގައި މިވަގުތު ހުންނެވި ސިޔާމްއާ ގުޅޭ ގޮތުން ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ސަން ކުންފުނީގެ އިސް ބޭފުޅަކު “ހަތާވީސް”އަށް ވިދާޅުވީ ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓިކަން އޭނާއަށް އަންގާފައިނުވާ ކަމަށެވެ.
"ޕާސްޕޯޓް ހިފެހެއްޓި ވާހަކައަކީ، އެއީ ކަނޑައެޅިގެން ދޮގެއް،" އޭނާ ވިދާޅުވިއެވެ.
ސިޔާމް ސިންގަޕޫރަށް ވަޑައިގެންނެވީ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންދާ ހިލްޓަން މައްސަލާގައެވެ. އެ މައްސަލައިގެ އަޑުއެހުމަށް މިއަދުވެސް ސިޔާމް ވަޑައިގެންނެވިކަން ސަން ކުންފުނިން ކަށަވަރުކޮށްދިނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސިޔާމް، މިދިޔަ ހޯމަ ދުވަހު ސިންގަޕޫރަށް ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވެއެވެ. އަދި އޭނާ ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ސަން ޓްރެވަލްސް އިން ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަން އިން ވަނީ ހުކުމެއް ކޮށްފައެވެ.
ނަމަވެސް ހުކުމާ އެއްގޮތަށް ސިޔާމްގެ ކުންފުނިން ފައިސާ ނުދައްކާތީ ހިލްޓަން އިން ވަނީ ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައެވެ. އެގޮތަށް ހުށަހަޅާފައި ވަނިކޮށް 2017ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ސިޔާމްގެ ކުންފުންޏަށް 16 މިލިއަން ޑޮލަރު ދިނުމަށް ހުކުމްކުރިއެވެ. ފަހުން އެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ