ރާއްޖޭގެ އުތުރުގެ ރަށްތަކުން އަދި ވަކިން ހާއްސަކޮށް ބޮޑުތިލަދުން މައްޗަށް ކުރަމުން އަންނަ ދަތުރުން ފެންނަމުން ދަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ މަންޒަރުތައް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި މިއަދު ހއ. ތަކަންދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބަށް ކުރިމަތިލަނީ މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން "އުފާވެރި އަމާން ރާއްޖެ"އެއް ދިވެހިންނަށް ހޯދައި ދިނުމަށް ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެންމެ ފުރަތަމަ ކަމަކީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމްކުރުން. މިއަދު މިއޮތް އަމާންކަމާއި ހަމަޖެހުން ބީވެގެން ނުދިއުމަށް މަސައްކަތްކޮށް، އެކަން އަޅުގަނޑުމެންގެ އަތުން ބީވެގެން ހިނގައްޖެ ނަމަ ކުރަން ފަށާފައިވާ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ. ތިޔަ ބޭފުޅުން މިއަދުވެސް ވިސްނަވަންވީ އެކަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖެ އަށް އެމަނިކުފާނުގެ ސަރުކާރަކުން ގެންނަން ފެށި ބަދަލުތަކުގެ މަސައްކަތް އަދި ނުނިމޭ ކަމަށް ވިދާޅުވެފައެވެ. އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ބޭއްވޭ އިންތިހާބުން އެކަންތައްތައް [ތަރައްގީގެ މަޝްރޫއުތައް] ހުއްޓިގެން ދިއުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑު ހިތުން ރާއްޖޭގެ އެއްވެސް ރައްޔިތަކު ނޭދޭނެ މި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭކަށެއް،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުން މިއަދު ބޭނުން ވަނީ އެމީހެއްގެ އަމިއްލަ ރަށުގައި އާއިލާ ކައިރީގައި ތިބެގެން ވަޒީފާ އަދާކޮށްގެން އާމްދަނީ ލިބޭނެ ހަމަޖެހޭ ދިރިއުޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ