ދަ ޑިމޮކްރެޓްސް އިން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފަރާތަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިމޮކްރެޓްސް އިން ބުނީ އިންތިހާބު އޮންނާނީ މިމަހު 28ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން މިމަހުގެ 22ވަނަ ދުވަހުގެ ކުރިން ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި ޕްރައިމަރީގައި ވާދަކުރާނެކަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ އިއުލާން ކޮށްފައެވެ.
https://twitter.com/ilyas_labeeb/status/1682006799732576256?s=46&t=M9M5hUKhSMLW6TzFVtCYOQ
އިލްޔާސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
ޑިމޮކްރެޓުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދި ޕާޓީއެކެވެ. އިލްޔާސަކީ ނަޝީދަށް ތާއީދު ކުރާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަޝީދުގެ އަރިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ