ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
އެގޮތުން މެޓުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށެވެ. އެއީ 71 މިލިމީޓަރުގެ ވާރޭ ކަމަށްވެސް ބުންޏެވެ.
މެޓު އޮފީހުން އިއްުޔެ ވަނީ ކުރިޔަށް އޮތީ ރާއްޖެ އަށް މޫސުން ގޯސް ދެ ދުވަސް ކަމަށް ބުނެފައެވެ.
މެޓުން ބުނީ ހުކުރު އަދި ހޮނިހިރު ދުވަހު ރާއްޖެ އަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެގޮތުން ގުގުރުމާއެކު ބޯކޮށް މާދަމާ ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މާދަމާ އެންމެ ބޮޑަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކޮށްފައި ވަނީ މެދު ރާއްޖޭގެ ރަށްތަކަށެވެ.
މެޓުން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ