އިއްޔެ ޖުމްހޫރީ މައިދާނުގައި ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން އިހްތިޖާޖު ކުރުމަށް ތިބި ތަން ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިޔަކާއި ވީޑިއޯގްރާފަރެއް ފުލުހުން ކޮށްޕާލި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެެރިކޮށްފިއެވެ.
އެޗްއާރްސީއެމް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޖުމްހޫރީ މައިދާނުގައި ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިންނާމެދު ދިވެހި ފުލުހުން އަމަލުކޮށްފައިވާ ގޮތް އެ ކޮމިޝަނުން ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
“މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ” އެޗްއާރްސީއެމް އިން ބުންޏެވެ.
https://twitter.com/hrcmv/status/1682303598636716033?s=46&t=M9M5hUKhSMLW6TzFVtCYOQ
އެޗްއާރްސީއެމް އިން އެގޮތަށް ބުނިއިރު އެ ދެ ނޫސްވެރިން ކޮށްޕާލި އެސްއޯ ފުލުސް މީހާ ސަސްޕެންޑުކޮށް މައްސަލަ ބެލުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަންގަވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ