ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމުގައި ހުންނެވި ފައިސަލް ނަސީމަކީ އިތުބާރު ކުރެވޭ އަދި އެކުގައި މަސައްކަތް ކުރުމަށް ފަސޭހަފުޅު ބޭފުޅެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރޭ ނެރުނު ފައިސަލްގެ ބަޔޯގްރަފީގައި ރައީސް ސޯލިހް ދެއްވި ބަޔާނެއްގައި ވިދާޅުވީ ފައިސަލް އަމަލު ކުރައްވާނީ ކަމެއްގައި ފައިސަލް އަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅަށް ކަމަށާއި ވަކި ބަޔަކު ބުނާހާ ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށެވެ.
އަދި ވިދާޅުވީ ފައިސަލަކީ ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާ އެކު ކުރައްވާނެ ކަމަށެވެ.
”ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް. ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިއެއް،" ރައީސް ވިދާޅުވިއެވެ.
ފައިސަލްގެ ބަޔޮގްރަފީ ލިޔުނީ ނޫސްވެރިޔާ އަހްމަދު ސާއިލް އަލީއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ