ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އަނެއްކާވެސް މަސާޖު ޕާލާއެއް ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭގައި ހިންގަމުންދިޔަ ސްޕާއެއްގައި ހަށިވިއްކަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް އާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި، އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަންސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި 34 އަހަރުގެ ބިދޭސީ 2 އަންހެނުންނާއި، 43 އަހަރުގެ ބިދޭސީ އަންހެނަކާއި، 38 އަހަރު އަދި 39 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އޭގެތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށެވެ.
އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 21 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން 3 އަންހެނުންގެ ބަންދަށް 15 ދުވަސް، 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް އަދި 39 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 5 ދުވަސް ދީފައިވެއެވެ.
މީގެކުރިން ވެސް މަސާޖު ޕާލާތަކުގައި ހަށިވިއްކާ ކަމުގެ ތުހުމަތާއި ގުޅިގެން ބަޔަކު ހައްޔަރު ކޮށްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ