ގދ. ތިނަދޫގައި ޒަމާނީ ފެންވަރަށް ތަރައްގީކުރާ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމައިފިއެވެ.
އާރްޑީސީން ބުނީ ގދ. ތިނަދޫގައި އަލަށް ތަރައްގީ ކުރަމުން އަންނަ 6.5 ކިލޯ މީޓަރުގެ މަގުގެ ތާރު އެޅުމުގެ މަސައްކަށް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި ވަގުތު ކުރިއަށް ދަނީ އަލަށް އިތުރު ކުރެވުނު 500 މީޓަރުގައި ތާރު އެޅުމުގެ މަސައްކަތް ކަމަށްވެސް އާރްޑީސީން ބުންޏެވެ.
ތިނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ 28ވަނަ ދުވަހުއެވެ. އެ ކުންފުނިން ހިފި ގޮތަށް ގާތްގަނޑަކަށް ދޮޅު މަސް ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.
https://twitter.com/rdcmaldives/status/1683065592205680641?s=20
ދެހާސްއެކާވީސް ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އާރްޑީސީއާ ހަވާލު ކުރި އެ މަސައްކަތުގައި ޖުމްލަ 15 މަގެއް ޒަމާނީ ފެންވަރަކަށް ހަދާނެއެވެ. އެ މަޝްރޫއުގެ އަގަކީ 78 މިލިއަން ރުފިޔާއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ