އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމުގެ ރިޕޯޓް ފަތިހު 04:14 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާ ގައި 32 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެމްއެންޑީއެފް ބުނެފައިވާ ގޮތުން ރޯވީ ހިތަދޫ "ކުޅިބަލާބޭ" ގޭގައެވެ. އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ފަތިހު 05:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް ބުނީ ހާދިސާ ހިނގި ވަގުތު އެ ގޭގައި އުޅުނު ފިރިހެނެއްގެ އަތާއި ފައި ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށެވެ.
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި