ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިލެކްޝަން ކޮމިޝަން ރައީސް ފުއާދު ތައުފީގްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފިއެވެ.
ފުއާދުގެ އިތުބާރު ނެތް ކަމަށް ކޮމިޝަނުން ފާސޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބް ރައީސް އިސްމާއިލް ހަބީބެވެ. ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ހަބީބް ފިޔަވާ ބާކީ ތިބި ތިން މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ ޑރ. މުހައްމަދު ޒާހިރު އަލީ ނަޝާތާއި އަދި މުހައްމަދު އާސިފެވެ.
ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރިޔަސް ގާނޫނުގައި ބުނާ ގޮތުންނަމަ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން އިތުބާރު ނެތްކަމަށް ފާސްކުރިޔަސް ފުއާދުގެ މަގާމެއް ނުގެއްލޭނެއެވެ.
ފުއާދާ މެދު މެމްބަރުންގެ ނުރުހުން އަމާޒުވާން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަރުހަލާގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެންނެވެ. އޭރ މެމްބަރުން ތުހުމަތުކޮށްފައިވާ ގޮތުން ފުއާދަ އަވަސް އަރުވާލައިގެން ޕާޓީ އުފައްދަން އުޅުނީ ނުފޫޒެއްގެ ދަށުގައި ހުންނެވެމުންނެވެ.
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި