އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު އަލީ ނަޝާތުގެ ފަސް އަހަރުގެ ދައުރު އިއްޔެ ހަމަވެއްޖެއެވެ.
އީސީގެ މެންބަރު ކަމަށް އައްޔަން ކޮށްފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ޖުލައި 25 ގައެވެ. އޭނާގެ ދައުރު ނުނިމެނީސް އަލުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަޝާތުގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވިއެވެ.
އެކަމަކު ދައުރު ނިމިގެންދިޔައިރުވެސް އީސީއަށް މެމްބަރުކު އައްޔަން ކުރުން އޮތީ މަޑުޖެހިފައެވެ.
ނަޝާތުގެ ދައުރު ހަމަވެފައިމިވަނީ އީސީގެ ތެރޭގައި ބޮޑު ކޯޅުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. ނަޝާތު ހިމެނޭހެން މެމްބަރުންގެ އަގުލަބިއްޔަތުން އެ ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވެއެވެ.
އައިލީ ޒިންމާގައި މި ވަގުތު ހުންނެވި ފުއާދުގެ އިތުބާރު ނެތް ކަމަށް ކޮމިޝަނުން ފާސޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބް ރައީސް އިސްމާއިލް ހަބީބެވެ. ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ހަބީބް ފިޔަވާ ބާކީ ތިބި ތިން މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރިޔަސް ގާނޫނުގައި ބުނާ ގޮތުންނަމަ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން އިތުބާރު ނެތްކަމަށް ފާސްކުރިޔަސް ފުއާދުގެ މަގާމެއް ނުގެއްލޭނެއެވެ.
ފުއާދާ މެދު މެމްބަރުންގެ ނުރުހުން އަމާޒުވާން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަރުހަލާގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެންނެވެ. އޭރ މެމްބަރުން ތުހުމަތުކޮށްފައިވާ ގޮތުން ފުއާދަ އަވަސް އަރުވާލައިގެން ޕާޓީ އުފައްދަން އުޅުނީ ނުފޫޒެއްގެ ދަށުގައި ހުންނެވެމުންނެވެ. އެކަމާއި ގުޅިގެން ހިނގައިދިޔަ ކަންކަމަށް ފަހު ދެ މެމްބަރަކު ވަނީ ކޮމިޝަންގެ ޖަލްސާގެ ކޯރަމްވެސް ގެއްލުވާލާފައެވެ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ