ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަޙަޅާފައިވާ މައްސަލަ ބަލައިނުގަތުމުން، ސުޕްރީމް ކޯޓަށް އަނެއްކާވެސް އިތުރު މައްސަލައެއް ވައްދައިފި އެވެ.
ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ފަރާތުން ހޮނިހިރު ދުވަހުގެ ރޭ ހުށަހެޅި ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެވެ. އިތުރު މައްސަލައެއް މިއަދު ހުށަހެޅި ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތުމާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅި މައްސަލައަކީ ހައި ކޯޓުގައިވާ އިސްތިއުނާފީ މައްސަލަތައް ލަސްވާތީ އެމަނިކުފާނުގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގު ގެއްލިފައިވާތީ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ އެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ