ތިން ރަށެއްގެ ބިން ހިއްކުމަށް ސަރުކާރު ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެގޮތުން ބިން ހިއްކުމަށް ހަވާލުކުރި ތިން ރަށަކީ ލ. މާވަށާއި ދ. މާއެނބޫދޫގެ އިތުރުން އދ. މަހިބަދޫއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް މިއަދު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ލ. މާވަށުގެ އިރު އުތުރު ފަރާތުގެ ފަޅު ތެރެއިން 15 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މާއެނބުދޫގެ ހުޅަނގު ފަރާތާއި ދެކުނު ފަރާތުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މަހިބަދޫގެ ހުޅަނގު ފަރާތު ފަޅު ތެރެއިން ހަތް ހެކްޓަރުގެ ބިން ހިއްކިގެން ދާނެއެވެ.
ލ. މާވަށު ބިން ހިއްކުމަށް ހަވާލުކޮށްފައި ވަނީ 66 މިލިއަން ރުފިޔާ އަށެވެ. މާއެނބޫދޫ ބިން ހިއްކުމަށް ހަވާލު ކޮށްފައި ވަނީ 82 މިލިއަން ރުފިޔާ އަށެވެ. އަދި މަހިބަދޫ ބިން ހިއްކުމަށް ހަވާލު ކޮށްފައި ވަނީ 43 މިލިއަން ރުފިޔާ އަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ