ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ވާދަ ކުރާނެ ބޭފުޅަކު ކަނޑައެޅުމަށްޓަކައި ޕްރައިމަރީ އެއް ބާއްވަން ނިންމައި، ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލައިފިއެވެ.
އެމްއާރްއެމުން މިއަދު ނެރުނު ނޫސް އިއުލާނެއްގައި ބުނީ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ރިޔާސީ ޕްރައިމަރީ އޮންނާނީ އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށް އެމްއާރްއެމް އިން ބުންޏެވެ.
ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާ ފަރާތަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި، އަދި އެމްއާރްއެމްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ވެފައިވާ ފަރާތަކަށްވާން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.
އެމްއާރްއެމް އިން ބުނީ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އެމްއާރްއެމްގެ ދަފްތުގައި ހިމެނޭ މެމްބަރުންނަށް ކަމަށެވެ.
އެމްއާރްއެމް އިން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލިއިރު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާ ޖުމްހޫރީ ޕާޓީން ވަނީ އެމްއާރްއެމްއާއެކު ފަށައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ