އެމެރިކާގެ ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމުން އެމެރިކާއާ ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވަމުން އަންނަ ކަމަށް އެމެރިކާގެ ސެކެރެޓަރީއ އޮފް ސްޓޭޓް އޮންތޮނީ ބްލިންކެން ވިދާޅުވެއްޖެއެއެވެ.
ދިވެހި އެމްބަސީ ހުޅުވާފައިވަނީ ފޮރިން މިނިސްޓަރު ޝާހިދު މި މަހުގެ ތެރޭގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައެވެ. 2007 ވަނަ އަހަރު ރާއްޖޭގެ އެމްބަސީއެއް، އެމެރިކާގައި ފުރަތަމަ އަހަރުއެވެ. އެކަމަކު ހަރަދުތައް ބޮޑުވެގެން އެ އެމްބަސީ 2008 ވަނަ އަހަރު ބަންދުކުރިއެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ފޮނުވި މެސެޖެއްގައި ބްލިންކެން ވިދާޅުވީ ރާއްޖެއަކީ އެތައް ސަބަބުތަކަށްޓަކައި ފަހުރުވެރިވާންޖެހޭ ގައުމެއް ކަމަށެވެ.
"ތިޔަބޭފުޅުންގެ ގައުމަކީ ޑިމޮކްރެޓިކް ހަމަތަކަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެއް، ބައިނަލްއަގްވާމީ ގަވާޢިދުތަކުގެ މައްޗަށް ބިނާވެފައިވާ ތަރުތީބު ދެމެހެއްޓުމުގައި މުހިންމު އަޑެއް" ބްލިންކެންގެ މެސެޖްގައި ވިދާޅުވިއެވެ.
އެމެރިކާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބިނާވެފައި ވަނީ ޑިމޮކްރަސީއާއި އިސްތިގުލާލާއި ތަނަވަސްކަމުގެ އެއްބައިވަންތަ އަސާސްތަކުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
ޝާހިދާއެކު އެމެރިކާގައި ބޭއްވި ބައްދަލުވުމުގައި އިޖްތިމާޢީ ގޮތުން މުހިންމު ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
2007 ވަނަ އަހަރު ރާއްޖޭގެ އެމްބަސީއެއް، އެމެރިކާގައި ފުރަތަމަ އަހަރުއެވެ. އެކަމަކު ހަރަދުތައް ބޮޑުވެގެން އެ އެމްބަސީ 2008 ވަނަ އަހަރު ބަންދުކުރިއެވެ.
ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި އަލުން ހުޅުވާފައިވާއިރު އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ނަމަވެސް އެ އެމްބަސީ ހުޅުވާނެ ސީދާ ތާރީހެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ