މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަސައްކަތް ކުރުމަށް އެ ޕާޓީ އިން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަށް ދިން ދައުވަތު ގަބޫލު ނުކުރުމަށް ނިންމައިފިއެވެ.
އެމްއާރްއެމް އިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރުމަށް، އެ ޕާޓީގެ އެންމެ އިސްފަރާތް އަދި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އެމްާރްއެމްގެ ޒަޢީމް، ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ދެއްވި ދައުވަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ.
މީގެއިތުރުން ނުރަސްމީކޮށް އަދި ލިޔެކިޔުމުގެ ޒަރީއާ އިން ވެސް މަޝްވަރާކުރެވި، އެމްއާރްއެމް އިން ތާއީދުކުރާ ސިޔާސަތުތައް ހާމަކުރެވިފައިވާ ކަމަށް އެމްއާރްއެމް އިން ބުންޏެވެ.
އެމްއާރްއެމްގެ ބަޔާނުގައި ބުނީ އެމްޑީޕީގެ އިސްވެރިންނާއެކެ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެރޭ އެމްއާރްއެމް އޮފީހުގައި ބޭއްވުނު ބައްދަލުވުމަށްފަހު، އެމްޑީޕީގެ ހުށަހެޅުންތައް އެމްއާރްއެމްގެ އެކްސްކޯ އަށް ހުށަހަޅައި މަޝްވަރާ ކުރެވުނު ކަމަށެވެ.
އެމްޑީޕީން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެމްއާރްއެމް އަށް އެއްބަސް ނުވެވޭ ކަމަށް ބުނެ އެޕާޓީން ބުނީ އެމްއާރްއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް ކަމަށެވެ.
އެމްއާރްއެމް އިން އެގޮތަށް ނިންމިއިރު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަށް މިހާރު ވަނީ ނިންމައިފައެވެ.
އެމްއާރްއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ރައީސް ފާރިސް މައުމޫން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ރަސްމީކޮށް ފާރިސް އެކަން އިއުލާން ކޮށްފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ