ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅީ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އެކަނި ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްއާރްއެމް އިން އެޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 25ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށެވެ.
ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާ ފަރާތަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި، އަދި އެމްއާރްއެމްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ވެފައިވާ ފަރާތަކަށްވާން ޖެހޭނެ ކަމަށް ޕްރައިމަރީއާ ގުޅޭ ގޮތުން އެމްއާރްއެމް އިން ނެރުނު އިއުލާނުގައިވެއެވެ.
އިއްޔެ އެމްއާރްއެމް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް، ކޮށްފައިވާ އިއުލާނުގެ ސުންގަޑި އިއްޔެގެ 16:00 އަށް ހަމަވިއިރު، ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލައްވާފައި ވަނީ ޕާޓީގެ ރައީސް ފާރިސް ކަމަށެވެ.
އެމްއާރްއެމް އިން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާއިރު އެމްޑީޕީން އޮތީ ރިޔާސީ އިންތިހާބުގައި އެޕާޓީއާއެކު ކުރިޔަށް ދިއުމުގެ ދައުވަތު އެމްއާރްއެމް އަށް ދީފައެވެ. ނަމަވެސް އެމްއާރްއެމް އިން ވަނީ އެ ދައުވަތު ގަބޫލު ނުކުރަން ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ