ގއ. ވިލިގިލީގައި ތިން ފިރިހެނަކު ވެގެން، އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
"ހަތާވީސް" އަށް އެނގިފައިވާގައި ގޮތުގައި އަންހެން މީހާ ރޭޕު ކުރުމުގައި އޭނާގެ ލޯބިވެރިޔާ ބައިވެރިވެފައިވެއެވެ. އޭނާގެ އިތުރު ދެ ފިރިހެނަކުވެގެން އޭނާއަށް ޖިންސީ އަމަލު ހިންގަން އުޅުނު ކަމަށްވެއެވެ. ރޭ މެންދަމު ހިނގި މި ރޭޕުން ސަލާމަތްވާން ވެގެން "ބަރަހަނާ" ހާލުގައި އަންހެން މީހާ ދުވެފައި ގޮސް ވަނީ އެހެން ގެއަކަށެވެ.
ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ އައީ އޭގެ ފަހުންނެވެ. އެ ރަށު ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު އަދި މިހާތަނަށް ފުލުހުން، ކައުންސިލާ ހިއްސާކޮށްފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އަންހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ ފުލުހުން ގާތުން މައުލޫމާތު ހޯދަމުންދާ ކަމަށް ވިޝާލް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުން ރޭޕްގެ ތުހުމަތު ކުރެވޭ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ވިލިގިއްޔަށް ނިސްބަތްވާ ދެ މީހުންނެވެ. އެކަކީ ލ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވިލިގިލީގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ