ރާއްޖެ އައި ޕާކިސްތާނު ރައްޔިތެއްގެ ލަގެޖު އުސޫލުން ބޭރުން، އެއާޕޯޓުން ބޭރު ކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިރޭ ވިދާޅުވީ މިދިޔަ މަހުގެ 15ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުސޫލުން ބޭރުން ބޭރު ކުރަން އުޅުނު ލަގަޖެއްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އަދި މެތު ހުރި ލަގަޖެއް އުސޫލުން ބޭރުން، އެއާޕޯޓުގެ ދެ މުވައްޒަފަކު ބޭރު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ރާއްޖެ އައި ޕާކިސްތާނު މީހާ އާއި އެ ލަގެޖާ ހަވާލުވާން ދިޔަ މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އެތަނުން އެއާޕޯޓުގެ އެއް މުވައްޒަފަކު ވަނީ ދޫކޮށްލައިފައެވެ. އޭނާ އަކީ އެ މައްސަލާގައި ޝާމިލުވާ އެންމެ އިސް ފަރާތް ކަމަށްވެއެވެ. އަދި އޭނާ އަކީ އެއާޕޯޓުގެ ސީނިއާ މުވައްޒަފެއް ކަމަށްވެސްވެއެވެ.
ޝިފާން ވިދާޅުވީ އެމީހާ ދޫކޮށްލީ ކޯޓުން ޝަރުތުތަކެއް ކޮށްފައި ކަމަށެވެ. ޝިފާން ވިދާޅުވީ އެ މައްސަލަ އަކީ ޖިނާއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަމުގައި އެއާޕޯޓުގެ ގިނަ މުވައްޒަފުންތަކެއްގެ ޝާމިލުވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ޕާކިސްތާނު މީހާ ރާއްޖެ އައިއިރު އެމީހާގެ ލަގަޖެއް ނެތެވެ. ކަސްޓަމްސްގެ މުވައްޒަފުންނަށް އެމީހާއާ މެދު ޝައްކު އުފެދުނީ އެހާ ހިސާބުންނެވެ. އަދި އެމީހާ ގެނައި ލަގެޖު ބޭރު ކުރަން އުޅުނީ ޑޮމެސްޓިކް ޓާމިނަލުން ކަމަށްވެސް އެނގިފައިވެއެވެ.
މިމަހުގެ 20ވަނަ ދުވަހު ކަސްޓަމްސް އިން ވަނީ މިމަހުގެ 12ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖުން 5.30 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ