މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ހައްޔަރުކުރި ދިވެހި ފިރިހެނަކަށް، ދިވެހި ބަސް ނޭނގޭ ކަމަށް ބުނުމުން ކޯޓުން އޭނާއަށް ތަރުޖަމާނަކު ހަމަޖައްސަން މިއަދު އަންގައިފި އެވެ.
ބިރުދެއްކުމާއި، މުދަލަށް ގެއްލުން ދިނުމުގެ މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ އެޑްރެސް އޮތީ މާލޭގައެވެ.
ޝަރީއަތުގެ މަޖިލީހުގައި އޭނާއަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭންގޭ ކަމަށާއި، ތަރުޖަމާނަކު ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ދީފައިވާ ކަމަށް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
''ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކަމަށް ބުނެ ތަރުޖަމާނަކު ބޭނުންވާ ކަމަށް ބުނެފައިވާތީ އެ ފުރުސަތު ޝަރީއަތުން ދީފައިވޭ'' ކޯޓު އަމުރުގައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ،އޭނާ 24 ގަޑިއިރަށް ބަންދުކުރުމަށް ވެސް އަމުރުކޮށްފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ކޮން ބަހަކުންބާ ތަރުޖަމާ ކުރަންޖެހޭނީ!
މުހައްމަދުއޭނައަށް ދިވެހިބަސް ނޭނގޭ ކަމަށް ބުނީ ކޮންބަހަކުންބާ؟
ޙައިރާން