ސޯމާލިޔާ ތިން މީހަކު ނ. އަތޮޅު ފަޅުރަށަކަށް، ޑިންގީއެއްގައި ލައްގައިފިއެވެ.
ފުލުހުން ބުނީ ވ. ވަވަތި ޑިންގީއެއް ލައްގާފައިވާކަމުގެ ރިޕޯޓް ލިބިގެން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ޑިންގީގައި ތިބީ ސޯމާލިއާ ތިން މީހުންނަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑިންގީގައި އެ ރަށަށް ލެއްގި މީހުން ތިބީ ފުލުހުން ބެލުމުގެ ދަށުގައި އެ ރަށުގައެވެ.
އެ ރަށަށް ގެއްލި މީހުންނާއި ޑިންގީގެ ފޮޓޯ ފުލުހުން ވަނީ މީޑިޔާއާ ހިއްސާކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެ ރަށަށް ގެއްލި މީހުން ތިބީ ހެޔޮހާލުގައެވެ.
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި