ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި އަދިވެސް ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކްލަބުތަކަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) ނިޔާވެއްޖެއެވެ.
ބަކާ ނިޔާވިއިރު އުމުރަކީ 38އެވެ. އޭނާ ނިޔާވީ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފަހު އެނބުރި ރާއްޖެ އައި ފަހުން ބަލިވެ ހާލު ސީރިއަސްވެގެން ރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ބަކާ އަކީ 2008ވަނަ އަހަރާއި 2018ވަނަ އަހަރު ގައުމީ ފުޓުބޯޅަ ޓީމް ސާފް ޗެމްޕިއަންޝިޕް ތަށި އުފުލާލިއިރު ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ އަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.
ފުޓުބޯޅައިގެ ގިނަ ކޯޗުން އޭނާ ސިފަކުރަނީ، އޭނާ އަކީ ހަމަޖެހިގެން ވިސްނުންތެރިކަމާއެކު ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި