ހދ. ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައިގެން އެތަނުން ވަގަށް ނެގި މުދާ ފުލުހުން ހޯދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު މުހައްމަދު އަލީ ޝުކުރު އަދާ ކުރައްވައިފިއެވެ.
ޑޮކްޓަރު މުހައްމަދު އަލީގެ ކްލިނިކެއް ކަމަށްވާ އިލާ އަލީ އާދަމް ކްލިނިކް ފަޅާލުމަށްފަހު މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އެތަނުން ވަނީ މޮބައިލް ފޯނުތަކަކާއި މެޑިކަލް ބައެއް ސާމާނުތައް ވަނީ ވަގަށް ގެންގޮސްފަ އެވެ. ނަމަވެސް މިއަދު ފުލުހުން ވަނީ އެ ތަކެތި ހޯދުމަށްފަހު އެ ކްލިނިކާ ހަވާލުކޮށްފައެވެ.
އެކަމާ ގުޅިގެން ޑޮކްޓަރު މުހައްމަދު އަލީ ފޭސްބުކްގައި ލިޔުއްވާފައިވަނީ ރައީސް މުއިއްޒުގެ ދެކަނބަލުންނަށާއި ހދ. ކުޅުދުއްފުށީ ފުލުހުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އެގޮތުން އީދު ބަންދު ދުވަސްތަކުގެ ތެރޭގައި ވެސް ފުލުހުން އެ ތަކެތި ހޯދުމަށް މަސައްކަތްކުރި ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ