"މި ހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަޅުގަނޑުގެ ކަރުން ޓައީގެ ގޮށް މޮހާލާ، މިނިވަން ވެއްޓެއްގައި، ހިދުމަތް ކުރުމުގެ އާ ބާބެއް ލިޔަން ފަށައިފީމެވެ،" ގައުމީ ހިދުމަތުން ރިޓަޔާ ކުރެއްވިކަން އިއުލާން ކުރެއްވުމުގެ ގޮތުން އިއްޔެގެ ވަގުތެއްގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އަހްމަދު ޝަކީބް (ޝަކިއްބެ) ވިދާޅުވިއެވެ.
އެންމެ ފަހުން ޝަކިއްބެ ހުންނެވީ ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ. ނަމަވެސް މިމަހުގެ 1ވަނަ ދުވަހުން ފެށިގެން އޭނާ މިވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި 35 އަހަރަށް ފަހު ގައުމީ ހިދުމަތުން ޝަކިއްބެ މިވަނީ ރިޓަޔާ ކުރައްވާފައެވެ.
ޝަކިއްބެގެ ޕޯސްޓުގައި ވިދާޅުވީ އޭނާ ގައުމީ ހިދުމަތަށް ނިކުންނެވީ 1985ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ. އެންމެ ފުރަތަމަ ވެސް ނިކުންނެވީ ތައުލީމީ ދާއިރާ އަށެވެ. މަތީ ތައުލީމު ހާސިލް ކުރެއްވުމަށް ޝަކިއްބެ ހޭދަ ކުރެއްވި މުއްދަތު އުނި ކުރެއްވުމަށްފަހު ވެސް ގައުމީ ހިދުމަތުގައި 35 އަހަރާއި ހަތް މަހާއި 23 ދުވަސް ވަނީ ހޭދަ ކުރައްވަވާފައެވެ.
"ތައުލީމީ ދާއިރާގައްޔާއި މީޑިއާގެ ދާއިރާ އިން ލިބުނު ގިނަގުނަ ފުރުސަތުތައް އަޅުގަނޑު ބޭނުން ކޮށްފައި ވާނީ މީހުން ހޭލުންތެރި ކުރުވުމަށެވެ،" ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ހަބަރާއި މައުލޫމާތު ފެތުރުމުގެ ތަފާތު އެކި ޕްރޮގްރާމުތައް ހުށަހެޅުއްވި ޝަކިއްބެ ވިދާޅުވިއެވެ.
ޝަކއްިބެގެ ޕޯސްޓުގައި ވޭތުވެދިޔަ 40އަށް އަހަރު މަސައްކަތުގެ މާހައުލުގައި އޭނާ އަށް އިރުޝާދު ދެއްވި ވެރިންނަށާއި އަދި އެކުވެރިންނަށާއި އޭނާގެ އިރުޝާދުގެ ދަށުން މަސައްކަތްކުރި މުވައްޒަފުންނަށް ޝުކުރު އަދާ ކުރެއްވިއެވެ.
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
މަރުހަބާޝަކީބު ބަރަކާތްތެރިދިގު ޢުމުރުފުޅެއް ﷲމިންވަރުކުރައްވާށި އާމީން
އިއްބެ