ކައުންސިލްތަކަށް ބަލައިގަންނަ ފައިސާއާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް ޑިޖިޓަލްކޮށް ބެލެހެއްޓޭނެ އޮންލައިން ޕޯޓަލެއް ފަހިޕޭއިން ތައާރަފުކޮށްފިއެވެ.
މިޕޯޓަލަކީ, ރަށު އަދި ސިޓީ ކައުންސިލްތަކަށް ވަންނަ ހުރިހާ ފައިސާއެއްގެ ރެކޯޑް ބެލެހެއްޓޭނެ ފެންވަރަށް ތައްޔާރުކޮށްފައިވާ, ޒަމާނީ ޕޭމަންޓް ނިޒާމަކަށް ވާއިރު, ކައުންސިލްތަކަށް ޕޯޓަލް ބޭނުންކުރަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
އަދި މި ޕޯޓަލް ފަރުމާކޮށްފައިވަނީ މިޕޯޓަލް ބޭނުންކުރާ ކައުންސިލްތަކުގެ ބިލްތައް ކަސްޓަމަރުންނަށް ފަހިޕޭ އެޕް މެދުވެރިކޮށްވެސް ދެއްކޭ ގޮތަށެވެ. މިޕޯޓަލް ފަހިޕޭ އެޕްއާ ގުޅިފައިވާއިރު މިއީ ފައިސާގެ މުއާމަލާތްތަކަށް ކަރުދާސް ބޭނުންކުރުން ނިމުމަކަށް ގެނެސްދޭނެ ޚަރަދު ސަލާމަތްކުރެވޭނެ ފަސޭހަ ނިޒާމެކެވެ.
ކައުންސިލްތަކަށް މިޕޯޓަލްގެ ސަބަބުން ލިބޭނެ ބައެއް ފަސޭހަތައް:
- ކައުންސިލުން ބަލައިގަންނަ ފައިސާގެ ހިސާބުތައް ދުވަހުންދުވަހަށް ރެކޯޑްކޮށް ރައްކާކުރުން
- ފައިސާގެ ރަސީދު އޮޓަމެޓިކްކޮށް ތައްޔާރުކުރެވޭނެ ނިޒާމެއް އޮތުން
- މަހު ފީތައް އޮޓޮމެޓިކް ނިޒާމެއްގެ ތެރެއިން ޖަނެރޭޓްކުރެވުން
- ކުނި ބިލް ފަދަ މުނިސިޕަލްގެ ޚިދުމަތްތަކުން ނަގާ އެކިއެކި ފީތައް ބަލައިގަނެ, ރެކޯޑްކޮށް, މަހުންމަހަށް އަދާހަމަކުރެވުން
- އޮންލައިންކޮށް ފައިސާގެ މުއާމަލާތް ފުރިހަމަކުރުމަށް ފަހިޕޭ އެޕްއާ ލިންކުވެފައިވުން
- ކައުންސިލުން ބޭނުންވާ ގޮތަށް ރިޕޯޓުތައް ޖަނެރޭޓްކުރެވުން
- ޕޭމަންޓް ދައްކަންޖެހޭ ކަމުގެ ނޮޓިފިކޭޝަން ކަސްޓަމަރުންނަށް ލިބުން
- ކައުންސިލްގެ މުވައްޒަފުންނަށް ފަސޭހަ ކަމާއެކު ޕޯޓަލް ބޭނުންކުރެވުން
މިޚިދުމަތް ބޭނުންކުރުން މުޅިން ހިލޭ ދޫކޮށްލާއިރު ޝައުގުވެރިވާ ކައުންސިލްތަކުން 4007004 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލްކޮށްގެން އިތުރު މައުލޫމާތު ލިބޭނެއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި