އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި ޑރ. ޝަޒްރާ އިބްރާހިމާއި އައިޝަތު ޝާދިޔާއަށް ދައުލަތުން ދައުވާކޮށްފިއެވެ.
ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ އާއި ޑރ. ޝަޒްރާ މިދިޔަ އޮގަސްޓް މަހު ހައްޔަރު ކުރީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ އެވެ. ދެ ފަހަރެއްގެ މަތިން އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރި އެވެ. އެ މީހުން ދޫކޮށްލީ ބަންދުކުރިތާ ނުވަ ދުވަސް ފަހުންނެވެ.
އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ކުރީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އާއި އާންމު ތަނެއްގައި ހުރެ އެހެން މީހަކަށް ބިރު ދައްކަން އަޑުގަދަ ކުރުމުގެ ދައުވާ އެވެ.
އެ ދެ ދައުވާ ސާބިތުވެއްޖެނަމަ، ދެ މީހުންގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކްރިމިނަލް ކޯޓުން ޝަޒްރާ އާއި ޝާދިޔާ ދޫކޮށްލަން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، ހައި ކޯޓުން ވަނީ ޝާދިޔާދެ ފަހަރު ވެސް ކްރިމިނަލް ކޯޓުން ބަންދުކުރީ ގޯސްކޮށް ކަމަށް ނިންމައިފަ އެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި