އާޓްފިޝަލް ބީޗުގައި ހުރި ކެފޭއެއްގައި އިން މީހަކު މެޔައަށް ތަދެއް އަރައިގެން ފަރުވާދެމުންދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އައްޑޫ ސިޓީ، ހިތަދޫ، ސޯސަންގެ އަހުމަދު ޝަރީފް، 53އ،އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:56 އެހާކަންހާއިރު އާޓްފިޝަލް ބީޗު ކެފޭއެއްގައި ހުއްޓާ މެޔަށް ތަދެއް އެރި މީހަކަށް ފުލުހުން އެޓެންޑުވެ، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ހެނދުނު 10:03 އެހާކަންހާއިރު އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނޯޓް: މި ހަބަރު އެންމެ ފުރަތަމަ ގެނެސްދީފައި އެ މީހާ މަގުމައްޗަށް ވެއްޓުނު ކަމަށް ބުނެއެވެ. އެގޮތަށް ހަބަރު ގެނެސްދެވުނީ ފުލުހުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ. ފަހުން ފުލުހުން ވަނީ އެކަން ވަނީ އިސްލާހުކޮށްފައެވެ.
ފެން ކުންފުނީގެ ޑީއެމްޑީ ވެސް މަގާމުން ވަކިކޮށްފި
ހަނގުރާމައާ ގުޅިގެން ޕީޖީ އޮފީހުން ފިޔަވަޅުތަކެއް އަޅަން ނިންމައިފި
އެމްޕީއެލްގެ އެމްޑީ ރިޝްވާން މަގާމުން އިސްތިއުފާ ދެއްވައިފި
އެގްރޯނެޓުގެ އެމްޑީ މަގާމުން ވަކިކޮށްފި
ބޮޑުކުރި މަސްދަޅުގެ އަގު ކުރީގެ އަގަށް ތިރިކޮށްފި
ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މުންދު މަގާމުން ވަކިކޮށްފި