އއ. ތޮއްޑޫގެ ލޯކަލް ޓޫރިޒަމް ޖޯޖިއާ އާއި އަޒަރްބައިޖާންގައި މާކެޓްކޮށްފިއެވެ.
މިދިޔަ މަހު ޖޯޖިއާގެ ވެރިރަށް ތިބްލީސްގައި އަދި އަޒަރްބައިޖާންގެ ވެރިރަށް ބަކޫގައި ކުރިއަށް ގެންދިޔަ ރޯޑް ޝޯގައި ތޮއްޑޫގެ ލޯކަލް ޓޫރިޒަމް މާކެޓްކުރަން އެ ރޯޑް ޝޯގައި ބައިވެރިވީ ތޮއްޑޫގައި ހިންގާ ބައެއް ގެސްޓްހައުސްތަކުން ގުޅިގެން އެ ފަރާތްތަކުގެ އެހީގައެވެ. މިއީ ހަމައެކަނި ޓްރެވަލް އޭޖެންޓުންނަށް ހުޅުވާލި ރޯޑް ޝޯއެކެވެ.
އެ ރޯޑް ޝޯގައި ބައިވެރިވުމަށާއި ދަތުރުފަތުރާއި އެހެނިހެން ކަންކަމަށް 5000 އެއްހާ ޑޮލަރު (77,000ރ.) އާއި އެހެނިހެން ބައެއް ހަރަދުތައް ކުރަން ޖެހުނުއިރު, އޭގެ ތެރެއިން ބައެއް ފައިސާ ދެއްކީ އެ ހަރަކާތް އިންތިޒާމްކުރި ފަރާތުން އަމިއްލައަށެވެ.
އެ ދަތުރާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓުގައިވާ ގޮތުން ތޮއްޑޫއަކީ ރަނގަޅު އަގެއްގައި މާކެޓް ކުރެވޭނެ ރަށެއް ކަން އެ ރޯޑް ޝޯގެ ބައިވެރިވި އޭޖެންޓުންގެ ފަރާތުން އެނގުނެވެ. އެގޮތުން އދ. ދިގުރަށުން ރެއަކަށް 100 ޑޮލަރު ނަގާއިރު, ތޮއްޑޫއަކީ 120 ޑޮލަރަށް މާކެޓް ކުރެވިދާނެ ރަށެއް ކަން ފާހަގަވި ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ތޮއްޑޫ އިތުރަށް މާކެޓް ކުރުމަށްޓަކައި އެއާ އަރަބިއާ އަދި އަޒަލް އެއާއާ ވެސް މަޝްވަރާކުރި އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ރޯޑް ޝޯގައި ބައިވެރިވުމަށް މާލީ އެހީތެރިކަން ދިނީ ބައެއް ގެސްޓްހައުސްތަކުން ކަމަށް ވިޔަސް, ތޮއްޑޫގެ ހުރިހާ ގެސްޓްހައުސްއަކުން އެކަމަށް އެހީތެރިކަން ދީފިނަމަ ފުޅާ ދާއިރާއެއްގައި އެރަށް މާކެޓް ކުރެވޭނެ އެވެ. އެގޮތުން އަހަރަކު ދެތިން ފެއާއެއްގައި ބައިވެރިވެއްޖެނަމަ އޭގެ ނަތީޖާ ފެންނާނެ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ