ކ. ހިންމަފުށީ ކައުންސިލްގެ މެންބަރަކު ކަރަންޓުގައި ޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ކަރަންޓުގައި ޖެހުނު ކައުންސިލް މެންބަރަކީ އެ ކައުންސިލްގައި ހުންނެވި ހަމައެކަނި އަންހެން މެންބަރު ވަފިއްޔާ އިބްރާހީމެވެ.
ވަފިއްޔާ ކަރަންޓުގައި ޖެހުނީ ކަރަންޓު ބޯޑަށް ޖަހާފައިވާ ކޮމްޕިއުޓަރުގެ ވާގަނޑު ނައްޓާލިތަނުންނެވެ.
މިއަދު މުޅި ރާއްޖެއަށް ވެސް ކުރަމުން އަންނަ ވިއްސާރާގައި ހިންމަފުއްޓަށް ވެސް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. ކަރަންޓު ބޯޑަށް ޖަހާފައިވާ ވާގަނޑު ވަފިއްޔާ ނައްޓާލިއިރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.
ވަފިއްޔާ މިހާރު ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފައެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި