ޗައިނާއާ ގުޅުން އޮތް ކާގޯ ބޯޓެއް މިއަދު ހިފަހައްޓާފައިވާކަމަށް ޓައިވާނުން ބުނެފިއެވެ.ޓައިވާނުގެ ކޯސްޓްގާޑުން މިއަދު މި އުޅަނދު ހިފަހައްޓާފައިވަނީ މަސްރަހު ހޫނުވެފައިވާ ތައިވާން ސްޓްރެއިޓްގައި ހިމެނޭ ޓައިވާނުގެ ރަށެއްގެ ކައިރިން ކަނޑުއަޑިން އަޅާފައިވާ ސަބްމެރިން ކޭބަލްއަކަށް ގަސްތުގައި ގެއްލުންދިންކަމުގެ ތުހުމަތުގައެވެ.
ޓައިވާނުން މިހާ އަވަހަށް ހަރަކާތްތެރިވެފައިވަނީ މިއަހަރު ކުރީކޮޅުވެސް ޗައިނާއަށް ނިސްބަތްވާކަމަށް ޓައިވާނުން ތުހުމަތުކުރާ އުޅަނދަކުން ހަމަ މިފަދަ ގޮތަކަށް ސަބްމެރިން ކޭބަލްއަކަށް ގެއްލުން ދީފައިވާތީއެވެ. މި ސަބްމެރިން ކޭބަލްތަކަކީ ޓައިވާނާއި ބޭރު ދުނިޔެ ގުޅާލަދޭ މުހިއްމު ވަސީލަތެކެވެ.
ޓޯގޯގެ ދިދަ ނެގި ހޮންގް ޓައި 58 އުޅަނދު ހިފެހެއްޓުމަށް ޓައިވާން ކޯސްޓްގާޑުގެ 3 އުޅަނދު ފޮނުވިކަމަށްވެއެވެ. ހޮންގް ޓައި 58 ހިފެހެއްޓީ، ކޭބަލްތައް ހަލާކުކޮށްލި ގަޑީގައި، އެސަރަހައްދުގައި އެ އުޅަނދު ނަގިލި އެޅިކަމަށް ޑޭޓާއިން ދައްކާތީއެވެ.
އުޅަނދުގައި ޓޯގޯ ދިދަ ނަގާފައިވަނީ ބައިނަލްއަގްވާމީ ގޮތުން އަމަލުކުރާ 'ފްލެގް އޮފް ކޮންވީނިއަންސް' އުސޫލުންކަމަށްވިޔަސް، މި އުޅަނދަކީ ޗައިނާގެ އުޅަނދެއްކަމަށް ޓައިވާނުން ބުނެއެވެ. އަދި އުޅަނދު ހިފެހެއްޓިއިރު އޭގައި ތިބީ ޗައިނާއަށް ނިސްބަތްވާ 8 ފަޅުވެރިންކަމަށްވެސް ޓައިވާނުން ބުނެއެވެ.މިމައްސަލައިގައި ޗައިނާގެ ޓައިވާން އެފެއަރޒް އޮފީހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ