މެލޭޝިއާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި ޒުވާނާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ ޒުވާނަކެވެ. މިއީ ކުރީގެ ބ. އަތޮޅު ދާއިރާގެ މެމްބަރު އިބްރާހިމް އަފީފުގެ ދަރިކަލެކެވެ.
ބައެއް މީޑިއާތަކަށް އަފީފް ވިދާޅުވެފައި ވަނީ އުސައިދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އޭނާ ފުލުހަށް ގެންދިޔައީ ހޮޓަލަކަށް "އަރާމު" ކޮށްލަން ދިޔަ ވަގުތު އެ ހޮޓަލުގެ ގެސްޓަކަށް ކަމެއް ކުރަން އުޅޭ ކަމަށް އެ ގެސްޓު މީހާއަށް ހީވެ، ހޮޓަލުގައި ބުނުމުން ހޮޓަލުން އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.
އާއިލާ އަށް އެކަން އެންގީ ފުލުހުން ކަމަށް ވެސް އަފީފް ވިދާޅުވެފައިވެއެވެ. އުސައިދު ވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ވެސް ގޮސްފައެވެ. ނަމަވެސް އޭނާ އެމްބަސީ އަށް ދިޔައިރު އެމްބަސީ ހުރީ ބަންދު ކޮށްފައެވެ.
އުސައިދު ގެއްލިގެން ހޯދަމުންދިޔައިރު އޭނާ ބައެއް ސީސީޓީވީ ފުޓޭޖުތަކަށް އަރާފައިވާ މަންޒަރުވެސް ފެނިފައި އެބަހުއްޓެވެ. އުސައިދުގެ ބައްޕަ ވިދާޅުވީ، އުސައިދުއާ ބައްދަލުވެއްޖެ ކަމަށާއި ހާލުވެސް ރަނގަޅު ކަމަށެވެ.
ފެން ކުންފުނީގެ ޑީއެމްޑީ ވެސް މަގާމުން ވަކިކޮށްފި
ހަނގުރާމައާ ގުޅިގެން ޕީޖީ އޮފީހުން ފިޔަވަޅުތަކެއް އަޅަން ނިންމައިފި
އެމްޕީއެލްގެ އެމްޑީ ރިޝްވާން މަގާމުން އިސްތިއުފާ ދެއްވައިފި
އެގްރޯނެޓުގެ އެމްޑީ މަގާމުން ވަކިކޮށްފި
ބޮޑުކުރި މަސްދަޅުގެ އަގު ކުރީގެ އަގަށް ތިރިކޮށްފި
ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މުންދު މަގާމުން ވަކިކޮށްފި