މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނުގެ ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަންގެ އަމާޒަކީ ފުލުހުންގެ ތަހުގީގު ފުރިހަމަ ކުރެއްވުން ކަމަށް އެ ކޮމިޝަންގެ މެމްބަރު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ކޮމިޝަންގެ މަސައްކަތް ފަށާފައިވާކަން ބުނެދިނުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މުނައްވަރު ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރަނީ މުއައްސަސާތަކަށް ހުރަސް އަޅައި، ކުރިންކޮށްފައިވާ މަސައްކަތްތައް ޑުބްލިކޭޓް ކުރުމަށް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އެއްބަސްވެފައި މި ވަނީ ތަހުގީގު ކުރުމުގެ ހުނަރު ހުރި ރަސްމީ ފަރާތަކީ ދިވެހިރާއްޖޭގެ ފުލުހުންގެ ހިދުމަތޭ. އެހެންވީމަ އެ ބޭފުޅުން ކުރާ ތަހުގީގު އަޅުގަނޑުމެން ފުރިހަމަކުރެވޭތޯއޭ ބަލާނީ،" މުނައްވަރު ވިދާޅުވިއެވެ.
ރައީސްގެ ގަރާރަކުން ރިޔާސީ ކޮމިޝަން އުފެއްދެވީ މިދިޔަ ހޯމަ ދުވަހުއެވެ.
ތިން މެންބަރުންނާ އެކު، އުފެއްދެވި އެ ކޮމިޝަނަށް ބަދަލު ގެނެސް، މިހާރު އެ ކޮމިޝަންގައި ތިއްބަވަނީ ފަސް މެންބަރުންނެވެ.
- ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރުގެ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ