ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަން ކުރައްވާފައިވާ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް، އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދެވި ރިޒާ ސަބަބެއް އާންމު ނުކުރައްވައި، އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ.
އޭނާގެ ބަދަލުގައި ޖޭއެސްސީއަށް މެމްބަރަކު މަޖިލީހުން އައްޔަން ކުރަން މިއަދު ހުޅުވާލި ފުރުސަތުގައި ހުސްނީގެ ނަން އެ ކޮމިޝަނަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕޫގެ ލީޑަރު އިބްރާހިމް ފަލާހެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ.
އޭނާ ޖޭއެސްސީއަށް އައްޔަން ކުރަން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 58 މެމްބަރުން ވޯޓު ދެއްވިއެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
ހުސްނީއަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރެވެ. އޭނާއަކީ ގާނޫނީ ވަކީލެކެވެ.
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ރައީސަކަށް ފަރުޝަތު
ވެލާނާ އެއާޕޯޓުން ޑޮލަރުތައް ފޭރުނު މައްސަލާގައި ބަޔަކު ހައްޔަރަށް
ރިޒާ އިސްތިއުފާ ދެއްވުމުން، ހުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އެންއައިސީއަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި